ގއ.ވިލިނގިލިން ހާލުބޮޑު ބަލިމީހަކު، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި އެވެ.
ޑީކޮމްޕްރެޝަން ސިކްނަސް، ޑީކޯވެ އިތުރުފަރުވާއަށް މާލެ ގެނެސްދީފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މި މީހާ މާލެ ގެނައީ ގއ.އަތޮޅު ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރު އެކަމަށް ލަފާ ދެއްވުމުންނެވެ. މި ބަލިމީހާ ރޭ ހެލިކޮޕްޓަރުގައި ގެނައި އިރު، ހެލިކޮޕްޓަރު ޖައްސާފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.
މިހާރު އިތުރު ފަރުވާއަށް މި މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.