ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ސިންގަޕޫރު މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ އިދާރާގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ސިންގަޕޫރު ރައްޔިތެއް ކަމަށްވާ ނޯރަޒިމަތު ބިންތު ރޯހަނި (ޕާސްޕޯޓް ނަންބަރު K0546350N) ކަމަށެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
ފުލުހުން ތަހުގީގުކުރަމުން ދަނީ އެމީހާގެ ކޮން މައްސަލައެއް ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.