ޚަބަރު

ބުރަދަނެއް ހުރި މައްސަލައެއް އުޅޭނެ ކަމަށް ނުދެކެން: ރައީސް ޔާމީން

އަހުމަދު ޖައިޝަން

3

ބަލަމުން ގެންދާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް އެއްވެސް ބުރަދަނެއް ހުރި މައްސަލައެއް އުޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެކައުންޓުގައި ފައިސާހުރި މައްސަލައިގައި ފުލުހުން ތުހުމަތުތަކެއް ކުރުމުން އެ ތުހުމަތުތަކުން ބަރިއްޔަތް ވުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ކެމްޕެއިނުގެ ފައިސާ ހޯދަމުންދާ މީހެއް. މިހާތަނަށްވެސް ހޯދާފައި ހުންނާނީ. އެހެންވީމަ އަޅުގަނޑުގެ އެކައުންޓުގައި ވަކި ވަރަކަށް ފައިސާ ހުރުމަކީ އޭގެ ޒާތުގައި ކުށެއްވެސް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމެއްގައި ކޮންމެ ފަރާތަކުން ތުހުމަތުކުރި ނަމަވެސް އެކަމުން ބަރިއްޔަތްވުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ސާފު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެފަދަ ގޯހެއް ހަދާފާނެ ކަމަށް ރައްޔިތުން ވިސްނުމަކީވެސް ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟