ރާއްޖޭގައި ހިންގާ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންގެ މަސައްކަތްތަކާ ގުޅޭ ކަންކަން މިދިޔަ ބުދަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަދި މިއަދުން ފެށިގެން އެ މަސައްކަތް ކުރަމުންދާނީ ޔޫތު މިނިސްޓްރީން ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ޖަމިއްޔާތަކާ ބެހޭ ކަންކަން މީގެކުރީން ބަލަމުން ގެންދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އެގޮތުން ޖަމިއްޔާ ރެގިއުލޭޓުކުރުމުގެ މަސައްކަތްތައްވެސް ކުރީން ކުރަމުން ގެންދިޔައީ ހޯމް މިނިސްޓްރީންނެވެ.