ޚަބަރު

ދަތުރުކުރަމުން ދަނިކޮށް ޕީއެސްއެމްގެ ކާރެއްގައި އަލިފާން ރޯވެއްޖެ

އަލީ ޔާމިން

ދަތުރުކުރަމުން ދަނިކޮށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ، ބުރުޒުމަގުން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު މިރޭ 10:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ކާރުގައި ރޯވި އަލިފާންގަނޑު އާންމުންނާ ގުޅިގެން ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެންކަން ސާފުވެފައި ނުވާ އިރު، މިހާ ދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.