ޖުޑިޝަލް ކައުންސިލް މިއަދު އުފައްދަވައިފި އެވެ.
މިއީ ޤާނޫނުއަސާސީން، ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ނެރުނު ޤަރާރަކުން އުފެއްދި ކައުންސިލެކެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަޙުމަދު ޢަބުދުﷲ ދީދީ ސޮއި ކުރައްވައި، ސުޕްރީމް ކޯޓުން ނެރުނު ޤަރާރުގައި ވިދާޅުވެފައިވަނީ، ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރުގެ ހިންގުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމުކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ފާޅު ކުރެވޭނެ ހަރުދަނާ ފޯރަމެއް ޤާއިމްވެފައި އޮތުމަކީ، ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގެން "ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ޢަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުފެއްދި ކައުންސިލެއް" ކަމަށެވެ.
މި ޤަރާއެކު ކައުންސިލްގެ ޤަވާއިދުވެސް ވަނީ ސުޕްރީމް ކޯޓުން އާއްމު ކޮށްފަ އެވެ.
މިކައުންސިގައި ނުވަ މެންބަރުން ތިއްބަވާގޮތަށް ޤަވާޢިދުގައި ވަނީ ކަނޑައަޅުއްވައިފަ އެވެ.
ޖުޑިޝަލް ކައުންސިލް މެންބަރުން:
ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތެއްގެގޮތުގައި ޤަވާޢިދުގައި ކަނޑައަޅާފައިވަނީ، ޝަރުއީ ދާއިރާގެ އެކި ކަންކަމާބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މަޝްވަރާދިނުމެވެ.