ޚަބަރު

ހަތަރު ގަޑިއިރަށްފަހު ރައީސް ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގެންފި

އަހުމަދު ޖައިޝަން

ހަތަރު ގަޑިއިރަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިނުން ނުކުމެވަޑައިގެންފިއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައިވަނީ 1330 ގައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.