ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޖަމިއްޔާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދޭ ހަތަރު އެވޯޑަކަށް ހުޅުވާލާފައިވާ އިރު، ކޮންމެ މެންބަރު ގައުމަކުންވެސް ކޮންމެ ދާއިރާއަކަށް ހުށަހެޅޭނީ އެއް ނަން ކަމަށެވެ.
އެގޮތުން ޑަބްލިއުއެޗްއޯ އިން މިއަހަރު ބާއްވާ 74 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދިނުމަށް ނިންމާފައިވާ އެވޯޑުތަކަކީ؛
މި އެވޯޑުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ 31ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން އެދިފައިވެއެވެ. އަދި މި އެޕްލިކޭޝަން ފޯމު https://www.who.int/governance/awards/en/ އިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހަލްތު ޑިވިޝަންގެ ނަންބަރު 3014473 އަށް ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.