ޚަބަރު

މަޖިލީހަށް ކުރިމަތިލާ ބޭފުޅަކު ފުރަތަމަ ފަހަރަށް މާލީ ބަޔާން ހާމަކޮށްފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ބޭފުޅަކު ފުރަތަމަ ފަހަރަށް މާލީ ބަޔާން ހާމަކޮށްފި އެވެ.

މާލީ ބަޔާން ހާމަކޮށްފައިވަނީ ހުޅުމާލޭ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާ ބޭފުޅެއް ކަމަށްވާ ޣާނިމް މުހައްމަދެވެ.

އޭނާ ވަނީ މާލީ ބަޔާން އޮންލައިންކޮށް އާންމުކޮށްފައެވެ.

ޣާނިމް ވިދާޅުވީ ކެމްޕެއިންގެ މަސައްކަތް ކުރާނީ ރައްޔިތުންނަށް ދެފުށް ފެންނަގޮތަށް ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާ ވާގޮތަށް ނުވަތަ ހައްގުތައް ތައާރުޒުވާ ފަދަ ކަމެއް ކުރުމުގެ ހިޔާލު ނުގެންގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހާ ގުޅޭ ގޮތުން ޣާނިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ވެފައިވަނީ، ރައްޔިތުން ތަމްސީލުކުރުމުގެ ބަދަލުގައި، ފައިސާވެރިންނާއި ސިޔާސީގޮތުން ބާރުވެރި ފަރާތްތައް ބޭނުންހާ ގޮތަކަށް ފާސްކުރާ ތަނަކަށް ކަމަށެވެ.

އަދި ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެންނާނީ އެބައިމީހުންގެ ކިބައިން މަޖިލިސް މިނިވަންކޮށް، ރައްޔިތުންނަށް އަނބުރާ ރައްޔިތުންގެ މަޖިލިސް ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.