ޚަބަރު

ކަރިޝްމާ ޕާޓީ މޯލްޑިވްސް އުފެެއްދުމުގެ ހުށަހެޅުން އަނބުރާ ގެންގޮސްފި

ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި، "ކަރިޝްމާ ޕާޓީ މޯލްޑިވްސް" އުފެއްދުމަށް ހުށަހެޅި ހުށަހެޅުން އެކަމަށް ހުށަހެޅި ފަރާތުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

"ކަރިޝްމާ ޕާޓީ މޯލްޑިވްސް" އުފެއްދުމަށް އެދި ހުށަހަޅުއްވާފައިވަނީ، މ. ކެލަމް، މުހައްމަދު އިސްމާއިލެވެ.

އެ ހުށަހެޅުން ގެންދިޔަ ނަމަވެސް "ނެޝަނަލް ރިފޯމް ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓިއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ހުއްދަ ދީފަ އެވެ.

"ނެޝަނަލް ރިފޯމް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިއަދު ހުއްދަ ދީފައިވަނީ، ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީ އަށެވެ.