ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރުގެ މަގާމަށް ޕީއެސްއެމްގެ ހަސަން ޒިޔާއު ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން ޒިޔާއު ހުންނެވީ ޕީއެސްއެމްގެ މެނޭޖަރު ކަމުގެ މަގާމުގައެވެ. ޕީއެސްއެމްގެ މެނޭޖަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ހަސަން ޒިޔާއު ވަނީ ވިދާޅުވެފައެވެ.
ޒިޔާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީއެސްއެމްގެ ފަރާތުން ހޯދައިދިން ތަޖުރިބާ އާއި ފުރުސަތުތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކުރައްވާފައިވާ ޒިޔާއު ވަނީ 2014 ވަނަ އަހަރު، ނޫސްވެރިކަމުގެ ދާއިރާއިން ޤައުމީ އިނާމު ހޯއްދަވައިފައެވެ.