ނެޝަނަލް ރިފޯމް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ "ނެޝަނަލް ރިފޯމް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިއަދު ހުއްދަ ދީފައިވާކަމަށެވެ.
އެ ހުއްދަ ދީފައިވަނީ، ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީ އަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މީގެ ކުރިން ވިދާޅުވެފައިވަނީ، "ނެޝަނަލް ރިފޯމް ޕާޓީ" ގެ އިތުރުން ''ކަރިޝްމާ ޕާޓީ މޯލްޑިވްސް'' ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަަށް އެދި އިލެކްޝަނަށް ހުށަހަޅާފައިވާކަމަށެވެ.
''ކަރިޝްމާ ޕާޓީ މޯލްޑިވްސް'' އުފެއްދުމުގެ ހުއްދައަށްއެދި ހުށަހަޅުއްވާފައިވަނީ، މ. ކެލަމް، މުހައްމަދު އިސްމާއިލެވެ.