ޚަބަރު

ވޯކް ވިސާ ފީ އޮންލައިންކޮށް ދެއްކޭ ގޮތް ހަދައިފި

އަހުމަދު ޖައިޝަން

1

ވޯކް ވިސާގެ ފީ އޮންލައިންކޮށް ދެއްކޭނެ ޚިދުމަތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަޢާރަފުކޮށްފި އެވެ.

ޓެކްސް އެކެޑެމީ އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރައްވާފައިވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލެވެ.

މީރާއިން ބުނީ އެ އޮތޯރިޓީން ދަނީ ވިސާގެ މަސައްކަތްތައް އޮންލައިންކުރުމުގެ މަސައްކަތްކުރަމުން ކަމަށެވެ. އަދި މިއަދު ތައާރަފުކުރި ޚިދުމަތަކީ އެ އޮތޯރިޓީން ދެމުން ގެންދާ ޚިދުމަތްތައް އޮންލައިންކުރުމަށް ކުރާ މަސައްކަތަށް ފުރިހަމަވެގެން ދިޔަ އިތުރު ބޮޅެއް ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ ފަސޭހަކަމާއެކު ކިދުމަތް ހޯދޭނެ ގޮތްތައް ފަހިކުރުމަށް މީރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެހެން ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފީދައްކާއިރު މިހާތަނާ ޖެހެންދެން ވެސް އޮންލައިންކޮށް ވޯކް ވިސާ ޕޭމަންޓް ހެއްދޭނެ ނިޒާމެއް އޮތީ ގާއިމުނުކޮށްދެވި،" އޭނާ ވިދާޅުވިއެވެ.

ވޯކް ވިސާ ފީ، މީރާއިން ބަލައިގަންނަން ފެށީ 21 ޖޫން 2011އިން ފެށިގެންނެވެ. ވޯކް ވިސާ ފީގެ ގޮތުގައި މިދިޔަ އަހަރު 304 މިލިއަން ރުފިޔާ ވަނީ ދައުލަތައް ދައްކާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟