ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ރައީސް މައުމޫން ހައިކޯޓަށް ހާޒިރުކޮށްފި

މުހައްމަދު އައުޒަމް

ކުރީގެ ރައީސް މައުމޫން އަބްދުލްްޤައްޔޫމް ހައިކޯޓަށް ހާޒިރުކޮށްފިއެވެ.

މައުމޫން މިރޭ ހައިކޯޓަށް ހާޒިރުކޮށްފައިވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް އެދިފައިވުމުންނެވެ.

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެންނެވެ.

މިދިޔަ ހޯމަ ދުވަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރާ މެދު ގޮތެއް ނިންމުމަށް ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ހާޒިރުކުރި ނަމަވެސް، އޭރު ބަންދާ މެދު ގޮތެއް ނިންމިފައެއް ނުވެއެވެ.