ޚަބަރު

ފެނަކަ އާއި އެމްޕީއެލްގެ ބޯޑަށް މެމްބަރުން ހަމަޖައްސައިފި

އަހުމަދު ޖައިޝަން

ފެނަކަ ކޯޕަރޭޝަންގެ ބޯޑަށާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑަށް ނޮން އެގްޒެކިއުޓިވް ޑިރެކްޓަރުން ހަމަޖައްސައިފި އެވެ.

ފެނަކަ އަށް ވަނީ ތިން ބޯޑު މެމްބަރުން އައްޔަނުކުރައްވާފައެވެ. އަދި އެމްޕީއެލްގެ ބޯޑަށް އައްޔަން ކުރައްވާފައިވަނީ އެންމެބޭފުޅެކެވެ.

ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންނަކީ :

އަލީ ވަހީދު - މ. ބަނަފްސާ

މުހައްމަދު ނާޝިދު - ދ. ކިނބިދޫ، ކަންމަތީގެ

މުހައްމަދު އާތިފު - ޏ. ފުވައްމުލަކު، މުރާކި

އަދި އެމްޕީއެލްގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ޅ. ހިންނަވަރު، ރެޑް ސްޓާ، އިބްރާހީމް އަބްދުﷲ އެވެ.