ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އެމްއާރްއެމްގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

1

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއާރްއެމްގެ ތާއީދާއެކު އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލިކަން އިއުލާންކޮށްފައިވަނީ އެމްއާރްއެމް އިން ކުރި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އެމްއާރްއެމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތައް މިމަހުގެ ދިހަވަނަ ދުވަހުގެ ކުރިން މެސެޖަކުން އެމްއާރްއެމްއަށް އަންގައިދިނުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ކުރިމަލުމަށް އެމްޑީޕީން ނިންމާފައިވާ އިރު، ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟