ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ދެކުދީން ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި 17 އަހަރުގެ ދެ އަންހެން ކުދީން ހޯދަމުން އަންނަ ކަމަށް ބުނެފައިވަނީ އިއްޔެއެވެ.
އެ މައްސަލައިގައި ހޯދަމުން ދިޔައީ ޏ.ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގެ، ފާތިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި އެ ދެކުދިން ހޯދިނަމަވެސް އެކުދީން ހޯދަމުން ގޮސްފައިވަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.