އިސްލާމިކް މިނިސްޓްރީގައި ހައިރާންވާވަރަށް ކޮރަޕްޝަން އެބަހުރިކަމަށް އަލަށް އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޝާފިއު އަލީ ވިދާޅުވެއްޖެ އެވެ.
ޝާފިއު މިހެން ވިދާޅުވެފައިވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ވަޒީފާއަށް ނިކުންނެވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. ޝާފިއުގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އޮފީހުގެ ފުރަތަމަ ދުވަހުވެސް މިނިސްޓްރީގެ ތެރެއިން އެހާ ގިނަ ކޮރަޕްޝަން ހުރިކަން ފާހަގަވެގެން ދިޔުމީ ހައިރާންވަޑައިގެންނެވި ކަމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓަރުގެ ނައިބު ކަމަށް އައްޔަންކުރި ޝާފިއުގެ ޓުވީޓުގައި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން އިތުރު ތަފުސީލެއް ދެއްވައިފައެއް ނުވެ އެވެ.