ގުޅިފަޅު ކައިރިއަށް އެންދަމަން ފޭބި މީހަކު މަރުވެއްޖެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ނ. މާޅެންދޫއަށް ނިސްބަތްވާ ކަންނެލި މަސްވެރިކަންކުރާ ދޯންޏެއްގައި އުޅޭ މީހެކެވެ.
އެކަން ކަށަވަރު ކޮށްދެއްވައި މާޅެންދޫ ކައުންސިލުގެ ނައިބު ރައީސް އަފީފު އީސާ "ވަން" އަށް ވިދާޅުވީ، މަރުވެފައިވަނީ އެރަށު އަބްދުލް ރަޝީދު އަބްދުލްގަފޫރު ނަމަކަށް ކިޔާ އުމުރުން 56 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ގުޅިފަޅު ކައިރިއަށް އެންދަމަން ފައިބައިގެން އުޅެނިކޮށް ކަމަށާއި ނަމަވެސް މާބޮޑު ތަފްސީލެއް އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.