ޚަބަރު

އެމެރިކާގައި ރާއްޖެ އިޝްތިހާރުކޮށްދޭނެ އެޖެންސީއެއް ހޯދަނީ

އަހުމަދު ޖައިޝަން

އެމެރިކާގައި ދިވެހިރާއްޖެ އިޝްތިހާރު ކުރާނެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެޖެންސީއެއް ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިއުލާނުކޮށްފި އެވެ.

އެމްއެމްޕީއާރުސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެޖެންސީއެއް ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ޝައުގުވެރިކަންހުރި ކުންފުނިތަކަށް އެ ފުރުސަތު ހުޅުވައިލާފައިވާއިރު ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ޓުއަރިޒަމް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވަނީ ނިންމާފައެވެ. އެގޮތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މީގެކުރީން ކުރަމުން އައި ހަރަދުތައް ތިންގުނައަށް އިތުރުކުރުމަށް ވަނީ ބަޖެޓުކޮށްފައެވެ.

އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރާނެ އެޖެންސީއެއް ހޯދުމަށް އިއުލާނުކޮށްފައިވާއިރު ޖަރުމަނުގައި ރާއްޖެ އިޝްތިހާރު ކުކުރުމަށް އެޖެންސީއެއް ހޯދުމަށް ވެސް މީގެ ކުރީން ވަނީ އިއުލާނުކޮށްފައެވެ.