މުހިއްމީ މީހާގެ އީމާންތެރިކަން ކަމަށާއި އެ މީހަކީ މުއްސަނދި މީހެއްތޯ ފަގީރު މީހެއްތޯ ބެލުން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވެފައި ވަނީ މީހަކު ކުރި ޓުވީޓަކަށް ރައްދުދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. ޓުވިޓާގައި މީހަކު ވަނީ ސިޔާސީ ކަންކަން ބަދަލު ކުރެވޭނީ ރަށު ލެވެލްގައި ލާމަރުކަޒީ ކުރެވިގެންކަމާއި މަޖިލިސް މުއްސަނދިންގެ ކިބައިން ސާފު ކުރެވިގެންނޫނީ އެއްވެސް ކަމެއް ރަނގަޅު ނުކުރެވޭނެ ކަމަށް ބުނެފައެވެ.
މި ވާހަކައަށް ރައްދުދެއްވަމުން ދިޔާވާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް މީހުން ކުރިމަތިލީ އަރާނެ ބޫޓެއްނެތި ކަމަށާއި ނަމަވެސް ނިންމާލީ ދިހަބާރަ ރޮލެކްސް ގަޑި، ތިން ހަތަރު ފްލެޓް އަދި ބޮޑެތި ކާރުންކަމަށް ވިދާޅުވެފައެވެ. އަދި މީހާގެ ކެރެކްޓަރަށް ބެލުމަށް ދިޔާނާ ވިދާޅުވި އެވެ.