ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުއްޖަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ހޯދަމުން އަންނަނީ 17 އަހަރުގެ ދެކުދިންނެވެ. އެއީ ޏ.ފުވައްމުލައް، ދިގުވާޑް، ބަނަފްސާގެ، ފާތިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ވަނީ މިދެކުދިންނާ ގުޅޭގޮތުން މައުލޫމާތެއް ލިބިއްޖެ ނަމަ އެ ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790163 ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.