ގދ.ތިނަދޫގައި ފެންބޮޑުވުމުގެ ސަބަބުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފެން، ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން މަައުލޫމާތުދިން ގޮތުގައި ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެފައިވަނީ ރޭފަތިހު ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން މިހާރު އެމްއެންޑީއެފްގެ ތިނަދޫ ފަޔާ ސްޓޭޝަން ގެ ސިފައިން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށުގެ ދެ ސަރަހައްދެއްގައި ފެން ޕަންޕް ބަހައްޓައިގެން މަސައްކަތް ކުރިއަށް ގެންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ވަނީ ހުވަދު އަތޮޅުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް ބުނެ އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފައެވެ.