ޚަބަރު

ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ ޝަކުވާ ހުށަހެޅެމުގެ މުއްދަތު އިތުރުކޮށްފި

1

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް ކުރިން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ ޝަކުވާތައް ފޮނުވުމަށް މިމަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިތުރުކުރައްވައިފައެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އެ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ކަމަށް ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ. މީގެ ކުރިން އެ ފުރުސަތު ހުޅުވާލާފައިވަނީ 3 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟