ޚަބަރު

ޓެކްސީގެ އަގުތަކާ ގުޅޭގޮތުން އާންމުންނަށް ހުޅުވާލައިގެން އަންނަ ހަފްތާގައި ފޯރަމެއް ބާއްވަނީ

އަހުމަދު ޖައިޝަން

6

ރާއްޖޭގެ ޓެކްސީ ދަތުރުތަކުގެ އަގުތަކާ ގުޅޭގޮތުން ހިޔާލު ހޯދުމަށް އާންމުންނަށް ހުޅުވާލައިގެން ހާއްސަ ފޯރަމެއް އަންނަ ހަފްތާގައި ބޭއްވުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނެފައިވަނީ އެ ފޯރަމް ބާއްވާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ ފޯރަމް ކުރިއަށްދާނީ ދަރުބާރުގޭގައި ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޓެކްސީގެ އަގުތައް ވަނީ މީގެކުރީން ސަރުކާރުން އެއް މިނެއްގައި ކަނޑައަޅައިފައެވެ. އަދި މާލެއިން ހުޅުމާލެ އާއި ހުޅުލެއަށް ކުރާ ދަތުރުތަކަށް އަގުތަކެއް ކަނޑައެޅި ނަމަވެސް އެކަމަށް ރަނގަޅު ހައްލެއް ލިބިފައެއް ނުވެއެވެ.

އެ ދަތުރުތަކުގެ އަގުތަކާ މެދު ޑްރައިވަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ތަކުން ދަތުރުތަކަށް އަގު ނެގުމަށް މިހާރު ކަނޑައަޅާފައިވާ އަގުތައް އަލުން ރިވިއު ކުރަން ނިންމާފައެވެ.

އަދި މިނިސްޓަރު އައިޝަތު ނަހުލާ ކުރީން ވިދާޅުވެފައި ވަނީ އަގުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފޯރަމެއް ބާއްވަވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟