ޚަބަރު

އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

މަރިޔަމް ޝަހުދާ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވަނީ ޏ. ފުވައްމުލަކު މާދަޑު، ނަޒާ، ޝާފިއު އަލީ އެވެ.

ޝާފިއު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޓީޗިން - ސެކަންޑްރީ، ހާސިލު ކުރައްވައިފައެވެ. މީގެ އިތުރުން ޝާފިއު އަކީ ތައުލީމީ ދާއިރާގައި އެކި ހިދުމަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޝާފިއު ވަނީ ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމު އަދާ ކުރެއްވުމުގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ މަގާމާއި އެ މަރުކަޒުގެ ލީޑިން ޓީޗަރެއްގެ ވަޒީފާވެސް އަދާ ކުރައްވައިފައެވެ.