ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި އާންމުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ހެރިޓޭޖުން ކުރި އިއުލާނެއްގައި ވަނީ މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.
އެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުންގެ ނަމާއި އީމެއިލް އެޑްރެސް ފޮނުވުމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ އެދިފައެވެ.
ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގައި ބެހެއްޓުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 25ގައެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.