ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ހިތްވަރާއި ލަފަޔަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 އިންސައްތައަށް ހެޔޮކުރިކަން މިއަދު އިއުލާންކުރުމާއެކު ރައީސް ސޯލިހު ވަނީ އެކަން ފުރިހަމަކޮށްދިނުމަށް ކުރެއްވި މަސައްކަތަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ޝުކުރު ދަންނަވައިފައެވެ.
ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ލޮބުވެތި ރައްޔިތުން ވައިގެ ދަތުރުފަރު ހެޔޮއަގުގައި ކުރުމުގެ އުފާވެރިކަމާއި އުޖާލާކަމަށް އެދޭ ހާލު ރައީސް ސޯލިހު ދެއްވާ ހިތްވަރާއި ލަފަޔަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
އައިއޭއެސްއެލް އިން އިއުލާންކޮށްފައިވާ އާ އަގުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ޓިކެޓު ވިއްކަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ގެނެވުނު ބަދަލު (ޓެކްސްއާއި ޖީއެސްޓީ ހިމަނައިގެން):