ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 އިންސައްތައަށް ހެޔޮކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެފައިވާ ވައުދު ފުއްދުމަށްޓަކައި މިވަގުތު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދިވެހިން އަދި ބިދޭސީ މަސައްކަތްތެރީންގެ އަތުން ނަގާ އަގުތައް ހެޔޮކުރުމަށް ސަރުކާރާއި މަޝްވަރާކުރެވިގެން އެ ކުންފުނީގެ ފަރާތުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މަންޒިލުތަކުގެ ދެކޮޅު ޓިކެޓުތަކުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައިއޭއެސްއެލް އިން އިއުލާންކޮށްފައިވާ އާ އަގުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ޓިކެޓު ވިއްކަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ގެނެވުނު ބަދަލު (ޓެކްސްއާއި ޖީއެސްޓީ ހިމަނައިގެން):