ތާރީހީ އިލްމުވެރިޔާ މުހައްމަދު ވަހީދު، ނަދުވީއަށް ތައުޒިޔާ ވިދާޅުވުމަށް ދިވެހި ބަހިގެ އެކެޑަމީން ދަފުތަރެއް ހުޅުވަލައިފި އެވެ.
އެ އެކެޑަމީން ކުރި އިއުލާނެއްގައިވާ ގޮތުގައި ނަދުވީ އަވަހާރަވުމާ ގުޅިގެން އެ އެކެޑަމީން ވަނީ މިއަދު ތައުޒިޔާގެ ދަފުތަރެއް ހުޅުވާލައިފައެވެ. އަދި އެ އެކެޑަމީން ވަނީ ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށް މިމަހު 21 ވަނަ ދުވަހުގެ ކުރިން އެ އެކެޑަމީއަށް ޒިޔާރަތްކޮށް ތައުޒިޔާ ވިދާޅުވުމަށް ހުޅުވާލައިފައެވެ.
ނަދުވީގެ ތައުޒިޔާގެ ދަފުތަރުގައި ތައުދިޒާ ވިދާޅުވުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށެވެ.
ތާރީހީ އިލްމުވެރިއެއްގެ އިތުރުން ނަދުވީއަކީ ދިވެހިބަހުގެ އެކެޑަމީގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ އަވަހާރަވެފައިވަނީ ޑިސެމްބަރު މަހު 28 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.