ޚަބަރު

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލުކުރަން ނިންމައިފި

މަރިޔަމް ޝަހުދާ

1

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ވަން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވި ގޮތުގައި މި ނިންމުމަކީ މީގެ ދެ ހަފުތާކުރިން ނިންމާފައިވާ ނިންމުމެކެވެ. އަދި ރަސްމީކޮށް މިކަން އިއުލާނު ނުކޮށް މަޑުޖައްސާލާފައިވަނީ ކުޑަ ހަރަކާތަކާއެކު މިކަން އިއުލާނު ކުރުމަށް ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. މީގެ އިތުރުން ޝަމާއު ވަނީ އެ ބަގީޗާގެ ނަން ބޯޑު ހަދައި، ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު މިހާރު އެޕާކު ހުރި ގޮތުގެ އެއްވެސް ސްޓްރަކްޗާ އަކަށް ބަދަލެއް ނުގެންނާނެ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާއު ވަނީ ކަޅުވަކަރު މިސްކިތް ސަލްޓަންޕާކު ސަރަހައްދުގައި ބެހެއްޓުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ މިސްކިތް ބަހައްޓާނެ ގޮތުގެ ލޭންޑްސްކޭޕިންގް މަސައްކަތް ކަމާއި، މިކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ސިޓީ ކައުންސިލާއި ހެރިޓޭޖް މިނިސްޓްރީން މަޝްވަރާކުރަން ހަމަޖެހިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟