ހުވަދު އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހުވަދު އަތޮޅަށް ޔެލޯ އެލާޓު ނެރެފައިވަނީ މިރޭ 7:15 އިން ފެށިގެން މިރޭ 10:15 އަށެވެ.
މެޓް އޮފީހުން ފ. އަތޮޅާއި އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ވައިޓް އެލާޓް ނެރެފައިވެއެވެ. ފ. އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަވާނެ ކަމަށާއި ވައި ހުންނާނީ ގަޑިއަކު 40 މޭލުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ ބޮޑު ބަޔަކަށާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.