ފ. އަތޮޅާއި އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 4:30 އިން ރޭގަނޑު 9:30އަށެވެ. ފ. އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ވާނެކަމަށާއި ވައި ހުންނާނީ ގަޑިއަކު 40 މޭލުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މި ދުވަސްވަރު އިރުވައި ވައި ގަދަވެ ހަޅަޖެހުމުގެ ފުރުސަތުވެސް ބޮޑުވާނެތީ އެކަމަށް ވެސް ސަމާލު ވުމަށް މެޓުން ވަނީ މީގެ ކުރީން އިލްތިމާސްކޮށްފަ އެވެ.