ޚަބަރު

ކިތަންމެ ސިޔާސީ ވެގެން ބަޔަކު އުޅުނަސް ދިވެހީންގެ ސަގާފަތާ ދުރެއް ނުކުރެވޭނެ : މޫސަ

އަހުމަދު ޖައިޝަން

މިދިޔަ އަހަރު އެނގިގެން ދިޔަ އެންމެ ބޮޑު ހަގީގަތަކީ ކިތަންމެ ސިޔާސީ ވެގެން ބަޔަކު އުޅުނު ކަމުގައިވިޔަސް ދިވެހިން ބަލާ މިންގަނޑަކީ އެމީހުންގެ ހައްގުތަކާއި ސަގާފަތާ ދުރު ނުކުރެވޭނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ހާސިލުކުރުމަށް ސިޔާސީ ބަޔަކު އުޅުނު ނަމަވެސް ދިވެހީން އެމީހުންގެ ހައްގުތަކާއި ސަގާފަތާއި އާދަކާދައާ ދުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި މަޖިލީހަށް ކުރިމަތިލެއްވުމާ ގުޅޭގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލ. އަތޮޅަށް މެންބަރުކަން ހޯދަން 2004 ވަނަ އަހަރު ވަޑައިންނެވީ ޕާޓީއެއް ނެތި ކަމަށާއި ޕާޓީ އުފެއްދުމުގެ ހުއްދަވެސް ނެތް ދުވަސްވަރެއްގައި ކަމަށެވެ.

"ވާދަކުރަންވެސް ޖެހުނީ ސަރުކާރުގެ ވަޒީރުންނާ. އިރާދަކުރެއްވީތީ ގޮނޑި ކާމިޔާބު ކުރީން. 2019 ވަނަ އަހަރުގައިވެސް މިކަހަލަ ތަޖުރިބާއެއްބާ؟" އޭނާ ސުވާލުކުރެއްވި އެވެ.