ހދ. ނައިވާދޫ ގޮނޑުދޮށަށް މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑެއް ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނައިވާދޫ ގޮނޑުދޮށަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ލައްގާފައިވާ ކަމުގެ ރިޕޯޓު މިއަދު 1200 ޖެހި އިރު ހުށަހަޅާފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަައި ކަމަށެވެ.
އެމަކާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށާއި މިހާރު ފުލުހުންގެ ޓީމެއް ނައިވާދޫއަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.