ޚަބަރު

ޓްރާންސިޝަން މުއްދަތުގައި އާސަންދައިން ވަނީ ގިނަ ބޭހުގެ އަގުބޮޑުކޮށްފައި: އޭޑީކޭ

އަހުމަދު ޖައިޝަން

1

ސަރުކާރުގެ ޓްރާންސިޝަނަލް މުއްދަތުގެ ތެރޭގައި އާސަންދަ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ބޭހުގެ އަގު ބޮޑުކޮށްފައި ކަމަށް އޭޑީކޭ ފާމަސޫޓިކަލްސް އިން ބުނެފިއެވެ.

އޭޑީކޭއިން ދާދިފަހުން އާސަންދަ މެދުވެރިކޮށް ވިޓްސީ 500ގެ ބޭސް ގަތް އިރު އޭގެ ޓެބްލެޓަކަށް 66 ރުފިޔާ އަރައިފައިވާތީ އެކަން އާންމުންގެ މީހަކު ވަނީ އެ ބިލާއެކު ސޯޝަލް މީޑިއާގައި ޝެއާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭޑީކޭ ފާމަސޫޓިކަލްސް އިން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާސަންދައިން ވަނީ އެކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ގިނަ އަދަދެއްގެ ބޭސް ބޮޑު އަގުގައި ވިއްކުމަށް ހުއްދަ ދީފައި ކަމަށެވެ.

އަދި އެކަންތައް ފާހަގަކުރުމަށްފަހު އެ މައްސަލަ ވަނީ މިހާރު ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބޭހުގެ އަގުތައް ބޮޑުކޮށްފައިވާ މައްސަލައަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯދައިދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟