މާލޭގައި ހުރި ކެމިކަލް ގުދަންތަކާމެދު ވަކި ގޮތެއް ނިންމާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ގެ ފަޔާރ އެންޑް ރެސްކިއު ސާވިސްއިން މިއަދު ބުނެފިއެވެ.
މާލޭގައި މީހުން އުޅޭ ގޭގޭގައި ކެމިކަލް ގުދަން ހުރުމުގެ ސަބަބުން ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެމައްސަލަ ބަލައި ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ފަޔާރ އެނޑް ރެސްކިއު ސާވިސްއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ޕްރެސްގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އެފް.އާރު.އެސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ އިސްނެންގެވުމަކާއެކު މިކަމާ ގުޅުން ހުރި މިނިސްޓްރީ ތަކާ ބައްދަލުކޮށް މިކަމަށް އޮތް ހައްލަކީ ކޮބައިތޯ ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފުން އަންނަނީ ކުރަމުން ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފަހަކަށް އައިސް މާލެތެރޭގައި އަލިފާނުގެ ހާދިސާތައް އިތުރު ވުމާ ގުޅިގެންނެވެ.