"ހަފްތާ ރެސް"ގެ ސަބަބުން މީހުންނަށް އުނދަގޫވެގެން ޝަކުވާ ކުރާކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިހް ވަނީ "ހަފްތާ ރެސް" ޕްރޮގްރާމްގައި ހިމެނޭ ސެގްމަންޓެއްގައި އަޑުގަދަ ވުމުގެ ސަބަބުން އުނދަގޫވެގެން ބައެއް މީހުން އެވާހަކަ ދައްކާ ކަމަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައެވެ. މި ޓުވީޓުގައި ޝޭހްވަނީ ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަމަންޓް މިނިސްޓަރ އަހްމަދު މަހްލޫފަށް "ހަފްތާ ރެސް"ގަި ހިމެނޭ މި ސެގްމަންޓް އުނިކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.
މީގެ ކުރިން ޑރ.އިޔާޒް ވެސް ވަނީ "ހަފްތާ ރެސް" ޕްރޮގްރާމްގައި މިއުޒިކްގެ ސެގްމަންޓެއް ހިމެނޭތީ އެކަމަށް ފާޑުވިދާޅުވެފައެވެ.