ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެންމެންވެސް މަސައްކަތް ކުރާނެއެވެ. އެކި މީހުންގެ މިހުންނަނީ އެކި ވައްތަރުގެ ހަމެވެ. އެއް ބައެއްގެ ހަން ތެޔޮ އިރު އަނެއްބަޔައެއްގެ ހަން ހިއްކެވެ. އަދި އަނެއްބައެއްގެ މޫނުގައި ހުންނަނީ ކޮމްބިނޭޝަން ހަމެވެ. އެމީހެއްގެ ހަމަކީ ޑްރައި ހަމެއް ނޫނަސް މޫސުމަށް އަންނަ ބަދަލުތަކައި އެނޫން ވެސް ކަންކަމާ ހުރެ ހަންގަނޑު ތާޒާކޮށެއް ނުބެހެއްޓެ އެވެ. ހާއްސަކޮށް ފިނި މޫސުމުގައި ހަންގަނޑު ވަރަށް ބޮޑަށް ހިކޭގޮތް ވެއެވެ.
ގްލިސެރިންއަކީ މި ކަމަށް އޮތް ރަނގަޅު ފަރުވާއެކެވެ. އެގޮތުން ހަންގަނޑު ހިކޭ ނަމަ ރޯސް ވޯޓާ އާއި ލުނބޯ ހުތު ފަންޏާއި ގްލިސެރިން އެއްކޮށްލުމަށް ފަހު އެ ތައްޔާރު ކުރި ސީރަމް މޮއިސްޗަރައިޒަރެއްހެން ބޭނުން ކޮށްލާށެވެ.
ރޯސް ވޯޓާއަކީ ގުދުރަތީ އެސްޓްރިންޖެންޓެކެވެ. އޭގެން ހަމަށް ޖެހޭ އެކި ކަހަލަ ޑިސްއޯޑާ ތަކުން ދުުރުކޮށްލަދެއެވެ. ލުނބޯ ހުތަކީ ބްލީޗިން އެޖެންޓެކެވެ. އެހެން ކަމުން މި ކޮމްބޯ ވެގެން ދާނީ ވަރަށް ގުޅޭ ކޮމްބޯއަކަށެވެ.
ބައެއް މީހުންގެ ހަން އާދަޔާ ހިލާފަށް ޑްރައި ވެއެވެ. މި ކަހަލަ ހާލަތުގައި ގްލިސަރިން ސީރަމް ހަދާއިރު ވިޓަމިން އީ ކެޕްސޫލެއް އެއަށް އަޅައި އެއްކޮށްލާށެވެ.
މި ތައްޔާރު ކުރި ސީރަމް މޭކަޕް ސެޓިން ސްޕްރޭ އެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ.