މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މީރާގެ ބޯޑަށް އައްޔަން ކުރަން، މުމްތާޒު، ލީނާ، ހުޝާމް އަދި އަޝާ އަށް މަޖިލީހުން ރުހުންދީފި

އިބްރާހިމް ޒަކީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް އައްޔަން ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ފަސްބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފިއެވެ.

މީރާގެ ބޯޑަށް މަޖިލީހުން ރުހުން ދިން ބޭފުޅުން:

  • މުމްތާޒު އަބްދުއްރަޝީދު، މުރިނގު ހދ.ހަނިމާދޫ
  • ލީނާ މުހައްމަދު ޒާހިރު ހުސެއިން، ހ.ނީލްވިލާ
  • ހުޝާމް ވަހީދު، ގ.މާލެހިޔާ 2 30-15
  • އާއިޝަތު އަޝާ އަލީ، ހ.އީސްޓްވާޑް

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މީރާގެ ބޯޑަށް މިބޭފުޅުން އައްޔަން ކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.