ޝަހީދާ އަބްދުﷲ ސައީދު
ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާއިރު ގަބުރު ނަގަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލު މީޑިއާއަށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ''ވަންއޮންލައިން''އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހުސްނުއްސުއޫދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުން މަރުގެ މައްސަލަތައް ތަހުގީގު ކުރާއިރު ގަބުރުވެސް ނަގަން ޖެހިއްޖެނަމަ ނަގާނެ ކަމަށެވެ.
މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީވެސް ލިބެމުންދާ ކަމަށ ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަަށް މިހާތަނަށް އާންމުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.