އަބްދުﷲ ޚަލީލް

އެސްއެމްއީ ބޭންކުގައި ތިންސިޓީގެ ހިއްސާ ބޭއްވުމަށް ނިންމެވުމަކީ ރައްޔިތުންނާމެދު ތަފާތުކުރަން ފެށުން: ޑރ. ޚަލީލު

ޝަހީދާ އަބްދުﷲ ސައީދު

1

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުގައި ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހިއްސާ ހިމަނަން ރައީސުލްޖުމްހުރިއްޔާ ނިންމެވުމަކީ ރައްޔިތުންގެ މެދުގައި ތަފާތުކުރަންފެށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު މިހެން ވިދާޅުވެފައިވަނީ ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްއެމްއީ ބޭންކުގައި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ އޮންނާނެ ގޮތް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. ޚަލީލު ކުރެއްވި ޓުވީޓުގައި ވަނީ އެސްއެމްއީ ބޭންކުގައި ކުޅުދުއްފުށި ތިނަދޫ ދިއްދޫ ނައިފަރު ހިންނަވަރު އަދި އޭދަފުށި ނިލަންދޫއާ އަދި އެނޫންވެސް ކައުންސިލްތަކުގެ ހިއްސާ ނުބޭއްވީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

ޑރ. ޚަލީލުގެ އިތުރު ޓުވީޓެއްގައި ރައީސް ސޯލިހު އިންތިޚާބު ކުރުމުގައި އެރަށްރަށުގެ ރައްޔިތުންގެ ހިއްސާ ނެތް ކަމަށް ގަބޫލުފުޅުކުރައްވަނީތޯ ވެސް ސުވާލުކުރައްވާފައި ވެއެވެ.

އަދި އެރަށްރަށުގެ ރައްޔިތުންނަށް ވެސް ފަސޭހައިން ލޯނުލިބި ވިޔަފާރިފަށަން ބޭނުންވާ ކަމަށާއި ރަށުގެ މާލިއްޔަތު މުއްސަނދިކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، އެސްއެމްއީ ބޭންކުގައި، މިވަގުތު އޮތް ތިން ސިޓީ ކަމުގައިވާ މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ އޮންނާނެ ގޮތް ހައްދަވާނެ ކަމަށް ރޭގެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ، ފައިނޭންޝިއަލް އިންސްޓިޓިއުޓެކެވެ. އަދި އެސްއެމްއީ ފައިނޭންޝިއަލް އެންޑް ޑިވެޕޮލްމެންޓްގެ ނަމުގައި ކުންފުންޏެއް އުފައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، އެސްއެމްއީ ބޭންކުގައި މިވަގުތު އޮތް ތިން ސިޓީ ކަމުގައިވާ މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ އޮންނާނެ ގޮތް ހައްދަވާނެ ކަމަށް ރޭގެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ، ފައިނޭންޝިއަލް އިންސްޓިޓިއުޓެކެވެ. އަދި އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެޕޮލްމެންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟