މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ޑެންގޫއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އާއި މާލެ ސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވަނީ މާލެ ސިޓީގައި މަސައްކަތް ކުރާ ބިދޭސީންނަށް ބަންގްލަދޭޝް ބަހުން ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
ރޭ ކުރިއަށް ގެންދިޔަ އެ ސެޝަންގައި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ބިދޭސީންނަށް މަދިރިލޯޝަން، ހޭންޑް ސެނެޓައިޒާ އަދި ކެމްޕެއިން ޓީޝާޓް ވެސް ވަނީ ފޯރުކޮށްދީފައެވެ.