ރޭ ފަތިހުގެ ވަގުތެއްގައި މައްޗަންގޯޅީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެހާދިސާ ހިނގާފައިވަނީ މއ. އަޖްމީސްޓާރގެ ސިޑި ގޮޅީގައި ހުރި ކުނިތަކެއްގައެވެ. ސިޑި ގޮޅީގައި ރޯވެގެން ހިނގި މި ހާދިސާގެ ސަބަބުން މުޅި އިމާރާތުގައި ދުން ބޯވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި އިމާރާތުގައި ދުން ބޯވުމުގެ ސަބަބުން އިމާރާތުގައި ދިރިއުޅޭ މީހުން ސަލާމަތްތެރިކަމާއެކު އިމާރާތުން ބޭރަށް ނެރުމަށްފަހު ސްމޯކް އެކްސްޓްރެކްޓަރގެ އެހީގައި ދުންތައް ވަނީ ބޭރުކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. މިހާރު ޕޮލިހުން ދަނީ މިހާދިސާ ތަހުގީގުކުރަމުންނެވެ.