ޚަބަރު

ގދ. ތިނަދޫ ކައިރިން ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ފަސް މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫ ކައިރިން ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ތިނަދޫއިން ފުރައިގެން ދަތުރުކުރަމުންދިޔަ ވޭވް-3 ދޯނި، އަމާރީ ހަވޮއްޑާ ރިސޯޓުން ފުރައިގެން ދިޔަ ދޯންޏެއްގައި ޖެހިގެންނެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެމުން ވޭވް-3 ގެ ކެޕްޓަން މައުލޫމާތުދެމުން ބުނީ އަމާރީ ދޯނި އޯވާޓޭކްކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ހިނގީ ކަމަށެވެ. މި އެކްސިޑެންޓްގައި ދެ ދޯންޏަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ ގދ. ހައުޑިގަލާ ކިޔާ ފަޅު ރަށެއް ކައިރީ ރިސޯޓެއްގެ ފެރީއަކާއި މަސް ދޯންޏެއް ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް މިރޭ 11:15 ހާއިރު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި އަނިޔާވި ފަސް މީހަކަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި އެކްސިޑެންޓުގައި އަނިޔާވެ ފަސް މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރައަސްއެވެ.