މާފަންނު ރަސްފަންނުގެ ބައެއްގެ ގޮތުގައި ހިމަނައި ބޮޑު ތަކުރުފާނު މަގުން ވެލި އަޅައި ބަންދު ކޮށްފައިވާ ބައި އަލުން ހުޅުވާލައި އާންމު އެއްގަމު ދަތުރުތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހަދައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރި އިރު ބޮޑު ތަކުރުފާނު މަގުން ބައެއް ރަސްފަންނުގައި ހިމެނި އެވެ. އަދި އެތާނގެ ބަޔަކަށް ވެލި އަޅައި ބަންދުކޮށް އާންމުންނާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމްކޮށްފައި އޮތެވެ. އެހެން ނަމަވެސް އެ ދުވަސްވަރު މީހުން އެ ސަރަހައްދު ބޭނުންކުރި ނަމަވެސް ފަހުން ފަހުން އައިސް އެތައް ބޭނުމެއް ނުކުރެއެވެ.
މަގުގެ އެބައި ގުޅުވާލައި ހުޅުވައިލީ މާލޭގެ މަގުތައް ތަރައްގީ ކުރަން އާރްޑީސީ އާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން ކަނބާ އައިސާރަނި ހިނގުން ބަންދު ކުރަން ނިންމާފައިވާތީ ކަމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ރަސްފަންނުގެ ދޮންވެލި އަޅާފައި އޮތް ސަރަހައްދު އަލުން މައި މަގާ ގުޅައިލުމުން
ޓްރެފިކަށްވެސް ލުޔެއް ލިބިގެންދާނެ އެވެ.
ވެސްޓްޕާކު ހުރި ސަރަހައްދުވެސް މިހާރު ހުސްކޮށްފައިވާއިރު، މާލޭ ސީޓީ ކައުންސިލުން ބުނީ، އެ ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދަން ނިންމާފައިވާ ކަމަށެވެ.