ޚަބަރު

ގަނޑުކޮށް ރައީސް ޔާމީންގެ ކެނޑިޑޭޓުންނަށް ލަނޑެއް ދެއްވައިފި: ނަޝީދު

އަހުމަދު ޖައިޝަން

1

ޕާޓީތަކުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ޕްރައިމަރީއަކާ ނުލާ ޓިކެޓު ދެއްވި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ލަނޑެއް ދެއްވައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީން ވާދަކުރައްވާނެ ބޭފުޅުންނަށް ރައީސް ވަނީ ޓިކެޓު ދެއްވައިފައެވެ. ނަމަވެސް މިހާރު އެމަނިކުފާނު މަސައްކަތް ކުރައްވަމުން ދަނީ އާ ޕާޓީއެއް އުފެއްދުމަށެވެ.

ވިލިމާލޭ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން ރަޝީދުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވަނީ ގާނޫނާ ހިލާފަށް އަމަލު ކުރައްވާފައި ކަމަށާއި އޭގެ ސަބަބުން ކެނޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭގޮތްވީ ކަމަށެވެ.

"ރައީސް ޔާމީން އެއްދުވަހު ދެއްވައިފި ޕީޕީއެމްގެ ޓިކެޓު ހުރިހާ ގޮނޑިއަކަށް. ދެއްވާފައި އެ ޕާޓީން ވަކިވެވަޑައިގެންފައި މިހާރު އަނެއްކާ ވިދާޅުވެއްޖެ ތިމަންނަ އަލަށް ހައްދަވާ ޕާޓީންނޭ ޓިކެޓު ދެއްވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުގައި އޮތީ އެހެން ގޮތަކަށް ކަމަށާއި ރައީސް ޔާމީން އަލަށް ހައްދަވާ ޕާޓީން ކެނޑިޑޭޓުންގެ ގޮތުގައި ނެރެން ޖެހޭނީ މުޅީން އާ ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟