ޚަބަރު

ބުރިޖު ސަރަހައްދުގައި ޕިކަޕެއްގައި ރޯވެއްޖެ

ސިނަމާލޭ ބުރިޖު ސަރަހައްދުގައި ޕިކަޕެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ދާދި ދެންމެއަކު ޕިކަޕެއްގައި ރޯވެފައިވަނީ ސިނަމާލެ ބްރިޖުން ފައިބައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ހައިވޭ ސަރަހައްދުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ބުރިޖު މަތިން ދަތުރުކުރި ޕިކަޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓުކޮށްފައިވަނީ މިރޭ 9:15ގައި ކަމަށެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމު ދިޔަ އިރު އަލިފާން ނިވިފައިވާ ކަމަށާއި އެ ހާދިސާ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.