އުރީދޫ

އުރީދޫ ސުޕަނެޓް ކުޑަހުވަދުއަށް ތައާރަފުކޮށްފި

އަހުމަދު ޖައިޝަން

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ދ. ކުޑަހުވަދުއަށް ތައާރަފުކޮށްފިއެވެ.

ގާތްގަނޑަކަށް 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ލިބޭ ސުޕަނެޓްގެ ހިދުމަތް މި މަހުގެ 31ގެ ކުރިން ހިޔާރު ކުރާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަަށްދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، ކަނެކްޝަން ފީއެއް ނުހިމެނުމަށް ނުނެގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ރާއްޖޭގައި އުރީދޫގެ ފަރާތުން ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމަށް ސުޕަނެޓްގެ ހިދުމަތް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.

އެގޮތުން އުރީދޫއިން އަންނަނީ ސުޕަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އެ ހިދުމަތް ގިނަ ރަށްތަކަށް ދީފައިވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.