މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ދާއިރާތަކަށް ޓިކެޓް ދޭނެ ފަރާތް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ރީރަޖިސްޓްރޭޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.
އެމްޑީޕީއިން މިއަދު ބުނީ ޕްރައިމަރީގެ ރީރަޖިސްޓްރޭޝަންގެ މުއްދަތު ވަނީ މާދަމާގެ ނިޔަލަށް އިތުރުކޮށްފައި ކަމަށެވެ.
ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން ފޯމު ހުށަހަޅުމަށް ދިން މުއްދަތު ހަމަވެފައިވަނީ މިދިޔަ ހަފްތާ ބުދަ ދުވަހުގައެވެ.
ޕްރައިމަރީއަށް 280 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. ދާއިރާތަކަށް ޕާޓީގެ ޓިކެޓް ދޭނެ ފަރާތް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 18 ގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.